އިސްރާއީލުގެ ޤަތުލުޢާންމުގައި މިހާތަނަށް 30 ނޫސްވެރިއަކު ޝަހީދުކޮށްލައިފި
ނާޒް ޙަމީދު
08 ނޮވެމްބަރ 2023
ފޮޓޯ/ފަލަސްތީން ކްރޮނިކަލް
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 30 ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 30 ނޫސްވެރިއަކު ޝަހީދުކޮށްލާފައިވާއިރު، އިތުރު ނޫސްވެރިން ވަނީ ޒަހަމްވެފައެވެ. އަދި ބައެއް މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް މަހެއް ވެފައިވާއިރު، މިހާތަނަށް 10000 ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.
ޝަހީދުކޮށްލާފައިވާ ނޫސްވެރިންގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރުމަށް އައިއެފްޖޭ އިން ވަނީ ގޮވާލާފައެވެ. ޝަހީދުވި ނޫސްވެރިންނާއި، ގެއްލިފައިވާ ނޫސްވެރިންގެ ނަން އެގޭނެހެން އެމީހުން ވަނަވަރުވެސް އައިއެފްޖޭ އިން ވަނީ އާންމުކޮށްފައެވެ.