މި މަހު ވިހި ވަނަ ދުވަހު ފެށުމަށް މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ނާޒް ޙަމީދު

08 ނޮވެމްބަރ 2023

ފޮޓޯ/ތިލަދުން

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023" ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަމަށްޓަކައި އެ އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މުބާރާތް މި އަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ރަށެއްގައެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅެން ނިންމާފައި ވަނީ ގޮއިދޫގައެވެ. އއެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، ފޭދޫ، ބިލެތްފަހި، ފޯކައިދޫގެ އިތުރުން ގޮއިދޫއެވެ.

ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ނިންމާފައި ވަނީ މާއުނގޫދޫގައެވެ. އެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ޅައިމަގު، މިލަންދޫ، ކޮމަންޑޫ، ފުނަދޫ، މަރޮށި، ނަރުދޫގެ އިތުރުން މާއުނގޫދޫއެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާއުނގޫދޫގައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ގޮއިދޫގައެވެ.

މިއީ ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުނަދޫއެވެ.

AD

ހިޔާލު ފާޅުކުރޭ