ދިފާޢުވުމުގެ ބާރު ފަލަސްޠީނަށްވެސް ލިބެންޖެހޭ

ނާޒް ޙަމީދު

12 ނޮވެމްބަރ 2023

ފޮޓޯ/މީސްމީޑިއާ

ދިފާޢުވުމުގެ ޙައްޤު ފަލަސްޠީނަށް ނެތީ ހެއްޔެވެ؟ ދުނިޔޭގައި ހުރިހާ ހިނދަކު ކޮންމެ އިންސާނަކަށް ލިބެންޖެހޭ ޙައްޤެއް ހަމައެކަނި ޔަހޫދީން ކިޔުމުން ލިބިފައި މުސްލިމުން ކިޔުމުން ލިބިގެން ނުވާނެ ކަމަށް ކަނޑައެޅުމަކީ ކޮން ހަމައަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟

އިޒްރޭލުގެ ޖަލުތަކުގައި އެއްވެސް ޝަރީޢަތެއް ނުކޮށް ބަންދުކޮށްފައި ތިބީ ފަލަސްޠީނުގެ ކިތައް މީހުންހެއްޔެވެ؟ ކިތައް ކުޑަކުދިން ހެއްޔެވެ؟ ކިތައް ތުއްތުކުދިންހެއްޔެވެ؟ އަހުރެން ޤަބޫލުކުރާ ގޮތުގައި އިޒްރޭލޭކިޔާ ޖަމާއަތުން އެ ޢަދަދުތައް ހާމައެއްނުކުރާނެއެވެ.

ފަލަސްޠީނުގެ ބިމުގައި އިޒްރޭލޭކިއުނު ޔަހޫދީންނަށް ނުބައިހަދަން ހިތްވަރުދީ އެހީތެރިވަނީ އެމެރިކާއެވެ. އެމެރިކާއިން ޔަހޫދީން ދިފާޢުކޮށް ހިތްވަރުދީ އެހީތެރިވުން މިހާރު ހުއްޓައިލި ނަމަވެސް އިޒްރޭލަށް ޖެހޭނީ އަމާންދީފަ އެބައިމީހުން ހިންގާ އަނިޔާވެރިކަން ހުއްޓާލާށެވެ.

ދުނިޔޭގެ ހުރިހާ ޤައުމުތަކަށްވެސް އެޤައުމުގެ ރައްޔިތުން ދިފާޢުކުރުމުގެ ބާރު ފުރުސަތު އޮންނަފަދައިން ފަލަސްޠީނަށްވެސް އެމީހުން ދިފާޢުކުރުމުގެ ފުރުސަތު އަދި ދިފާޢުކުރުމުގެ ބާރު އޮންނަންޖެހޭނެއެވެ.

AD

ހިޔާލު ފާޅުކުރޭ