ބަނބުކެޔޮ ބޮނޑިބަތް

ނާޒް ޙަމީދު

12 ނޮވެމްބަރ 2023

ފޮޓޯ/މީސްމީޑިއާ

2-4 މީހުންނަށް

ބޭނުންވާތަކެތި: * 1/2 ބަނބުކެޔޮ (4 ޖޯޑު ކުދިކޮށް ކިއުބުގޮތަށް ކޮށާފައި) * 3 އިންޗި ރާނބާފަތް * 6 އިންޗި ފޮނިތޮށި * 5 ކާފޫރުތޮޅި * 2 2/1 ޖޯޑު ކާށިކިރު * 2/1 ޖޯޑު ކާށިބޯކިރު * 2 ޖޯޑު ހަކުރު * 3 ސައިސަމްސާ ފިނިފެން (ރޯސްވޯޓަރ)

ތައްޔާރު ކުރާނެގޮތް: 1- ފުރަތަމަ ބަނބުކެޔޮ މަށާފައި ރީތިކޮށް ސާފުފެނުން ދޮވެފައި ކިއުބުވާ ގޮތަށް ކުދިކޮށް ކޮށާނީ 2- ދެން ތެއްޔަކަށް ކޮށާފައި ހުރި ބަނބުކެޔޮ އަދި ކާށިކިރުއަޅާފައި ރާނބާފަތާއި ކާފޫރުތޮޅިއާއި ފޮނިތޮށި އަޅާ އެއްކޮށްލާނީ 3- ތެލި އުނދުނަށް އުދާފައި މަތިޖަހާފައި މަޑުގިނީގައި ކައްކާނީ ބަނބުކެޔޮ މަޑުވަންދެން(20 މިނެޓް) 4- މަތިނެގުމަށްފަހު ހަކުރު އަޅާފައި ގިނިމަޑުކުރުމަށްފަހު ހަކުރު މަޅުވަންދެން ދޭފަތަކުން ހަލަމުންގެންދާނީ 5- ބޯކިރާއި ފިނިފެން ބޮނޑިބަތްތެއްޔަށް އަޅާފައި އެއްކޮށްލުމަށްފަހު 2 މިނެޓް ވަންދެން ބަހަޢްޓާފައި އުނދުންމަތިން ތެލިބާލާފައި ހިހޫވުމުން ބޭނުންނަމަ ފިނިކޮށްގެންވެސް ބޭނުން ކުރެވިދާނެއެވެ.

AD

ހިޔާލު ފާޅުކުރޭ