ރައީސް ޑރމުއިއްޒު، ފުރަތަމަ ދުވަހުގެ ވައުދުތައް ފުއްދަވައިފި
ނާޒް ޙަމީދު
19 ނޮވެމްބަރ 2023
ފޮޓޯ/މީސްމީޑިއާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 100 ދުވަސްތެރޭގައި ފުއްދަވާނެ ކަމަށް ވިދާޅުވި ވައުދުތަކުގެ ތެރެއިން ފުރަތަމަ ދުވަހަށް ކަނޑައެޅުއްވި ވައުދުތައް ފުއްދަވައިފިއެވެ.
100 ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހުގެ ވައުދުތައް: ދިވެހި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއެއް އުފެއްދުން ކުޅިވަރަށް ހާއްސަ ވުޒާރާއެއް އުފެއްދުން ލާމަރުކަޒީ އުސޫލުން ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ޒިންމާވާ ހާއްސަ ވުޒާރާއެއް އުފެއްދުން ދަނޑުވެރިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދުން މަސްވެރިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދުން ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރުމުގެ މަސައްކަތް ފެށުން
ރައީސް މުއިއްޒުގެ ޕްލޭން ތައްޔާރު ކުރެވިފައިވަނީ ދިރާސާކޮށްގެންނެވެ.ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ 161 ވައުދު ހިމެނޭ ފޮތެއް ވެސް ނެރުއްވައިފައެވެ. އެމަނިކުފާނު ވައުދުތައް ފުށްދަވަމުން ގެންދަވަނީ އެ ފޮތުގައިވާ ގޮތުގެ މަތިންނެވެ.