ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ނާޒް ޙަމީދު

20 ނޮވެމްބަރ 2023

ފޮޓޯ/މީސްމީޑިއާ

57 މެންބަރުންގެ އަގުލަބިއްޔަތުން މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

ފިނޭންސް މިނިސްޓްރީން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު 18 ވަނަ ދުވަހު އެވެ. މިއަހަރުގެ ބާކީ ދުވަސްތަކުގެ ހަރަދުތައް ހަމަޖެއްސުމަށް މިއަދު ފާސްކުރި ބަޖެޓާ އެކު ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަޕްލިމެންޓްރީ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވި 200 މިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނައިގެންނެވެ.

AD

ހިޔާލު ފާޅުކުރޭ