ވޭނީ އާހް

ނާޒް ޙަމީދު

11 ނޮވެމްބަރ 2023

ފޮޓޯ/އިމޭޖް

ވޭނީ ޢާހް ....... އާދަމް ޙުސައިންފުޅު /ރަތްފުސްގެ(އާޙުރަތް) - 2010

ރޭރޭ ނުނިދޭ ޚާލެއްގައި ރޭތައް މިވަނީ އާޙެއްގައި ރޭ ކަރުނަ ހިލޭ ޚާލުން އަދު ރޭރޭ އެދެނީ އައުމެއްގައި

ރޭހުން ލިބިމުން ހީލުންތައް ރާގުން އިއްވާ ނާނާތައް ރޭރޭ އެދެވޭ ޚާލެއްގައި ރޮއި ރޮއި މިއޮތީ ފާލެއްގައި

ރިހި ހަނދުވަރު ދޭ ރޭތަކުގައި ރަހުމާ އެކުގާ ރުހުމެއްގައި ރިހި "ލޯ" ހެރިހައި ތީރުތަކުން ހިތްވާ މި އޮތީ އެދުމެއްގައި

ހިރި ހިރި މިއޮތީ ދާނެއްގައި ހިރި ހިރިވާ ލޭ ފާރެއްގައި ހިރި ނުލެވޭހައި ވޭނެއްގައި ހިރިރާން އަތްދޭ ހާލެއްގައި

ތި ހިތުން ދިންހައި ވޭނެއްގައި މި ހިތަށް ލެވުނަސް އުންކާގައި މި ހިތުން މި ޖަހައި ވިންދެއްގައި ފެންކަޅި ވެވެނީ އުފަލެއްގައި

ނިމުމެއް ނުމެވާ ހަނދުމައިގައި ކެކިކެކި ބޮކިލާ ފޮލައެއްގައި ނިދުމަށް ނޭދޭ ރޫހެއްގައި އަތްފައި ގޮވަނީ ދުށުމެއްގައި

ތަންމަތި ރޫތައް އިއްވާދިން ދަންމަޅި މި އޮތީ މެހިފައިދެން ކަންމަތިބަނބުރާނުފިލޭނޭ"ބަނޑުއޮތްތަނުގައިސޮއިކޮށްފައި" ______***________

AD

ހިޔާލު ފާޅުކުރޭ